ހަމައެކަނި އަންހެން ބޭފުޅުނަށް ޚާއްޞަ ދަރުސެއް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގަ - ހޮނިހިރު ދުވަހު ވިލިމާލޭގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ހަމައެކަނި އަންހެން ބޭފުޅުނަށް ޚާއްޞަ ދަރުސެއް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގަ - ހޮނިހިރު ދުވަހު ވިލިމާލޭގަ!

ހަމައެކަނި އަންހެން ބޭފުޅުނަށް ޚާއްޞަކޮށްގެން ދަރުސެއް ހުކުރު ދުވަހުގެ ރޭ 9.30 ގައި އިސްލާމީ މަރުކަޒުގައި  ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.  

މި ދަރުސްގައި ތަޤްރީރް ކުރައްވަން ހަމަޖެހިފައިވަނީ އަލްއުސްތާޛާ އަނާރާ ނަޢީމް، އަލުއުސްތާޛާ ފާޠިމަތު ސަމީރާ، އަލްއުސްތާޛާ ޢާފިޔާ ޢަބްދުލްޙަކީމް އަދި އަލްއުސްތާޛާ ޢަރޫޝާ މާހިރު އެވެ.  

މައުޟޫއަކީ "ނަފްސް އިޞްލާޙްކުރުމުގައި ހިތާއި ސިކުނޑީގެ ދައުރު" އެވެ.  

މީގެ އިތުރުން މިމަހުގެ 25 ވާ ހޮނިހިރު ދުވަހު ހެނދުނު 10.30 ގައި ވިލިމާލޭ މަސްޖިދުލްބިއްރިގައި ހަމަ މިމައުޟޫއަށް އަލްއުސްތާޛާ އަނާ ނަޢީމް ދަރުސް ދެއްވަނަ ހަމަޖްހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން