ފިޠުރު ޒަކާތް އަމިއްލައަށް ފަޤީރުންނަށް ދެވިދާނެއެވެ. ފިޠުރު ޒަކާތް ދިނުން އެންމެ ރަނގަޅީ ޢީދު ދުވަހު ހެނދުނު ފަތިސް ނަމާދަށް ދިއުމުގެ ކުރިންނެވެ. ނޫންނަމަ ރަމަޟާން މަހުގެ އެންމެ ފަހު ދެ ދުވަހުއެވެ.: ޝައިޚް ޢަލީ ޒައިދު
ރާއްޖޭގައި ބައެއް އަމިއްލަ ޖަމާއަތަތްކުންވެސް ފިޠުރު ޒަކާތް ޖަމާކޮށް ބަހައެވެ. އަދި ބައެއް ޖަމާއަތްތަކުން ޢީދު ދުވަހު ހެނދުނު ޢީދު ނަމާދަށް ދިއުމުގެ ކުރިންވެސް ބަހައެވެ.
ސަރުކާރާއި ހަވާލުކުރި ނަމަވެސް އަމިއްލަ ޖަމާއަތަކާއި ހަވާލުކޮށްގެން ބެހި ނަމަވެސް އަދި އަމިއްލައަށް ބެހި ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. މުހިންމީ ފިޠުރު ޒަކާތް ދެއްކުމެވެ. ނުވަތަ ދިނުމެވެ.