"ފައިސާވެރިކަން، ނުވަތަ މާލީ ތަނަވަސްކަމަށްވުރެ ޢިލްމުގެ ފައިދާ މާ ބޮޑެވެ. ޢިލްމަކީ ތިބާއަށް އޮތް ރައކައުތެރިކަމެކެވެ. ތިބާގެ މުއްސަނދިކަން ސަލާމަތްކޮށް ހިމާޔަތްކޮށްދޭނީ ތިބާގެ ޢިލްމެވެ. ކިތަންމެ ވަރަކަށް އެހެން މީހުންނަށް އުނގަންނައިދިން ނަމަވެސް ތިބާއަށް ލިބިފައިވާ ޢިލްމުން އެއްވެސް މިންވަރެއް މަދެއް ނުވާނެއެވެ.
ނަމަވެސް ޚަރަދުކުރާ ވަރަކަށް ފައިސާ ދާނީ މަދުވަމުންނެވެ. ޢިލްމުގެ ޒަކާތަކީ އެހެން މީހުންނަށް އުނގަންނައި ދިނުމާއި ހެޔޮ އަމަލުކުރުމެވެ."
- މިއީ ޢަލީގެފާނު ވިދާޅުވެފައިވާ ވަރަށް އިބްރަތްތެރި ބަސްފުޅެކެވެ.