ކަލަކު ވޮޑިގެންވާކަން ޤަބޫލު ނުކުރާނަމަ ބޮޑުކަމެއް ދިމާވާއިރަށް "އޯ މައި ގޯޑް" ނުބުނާނެ!: ޝައިޚް އިލްޔާސް ޖަމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަލަކު ވޮޑިގެންވާކަން ޤަބޫލު ނުކުރާނަމަ ބޮޑުކަމެއް ދިމާވާއިރަށް "އޯ މައި ގޯޑް" ނުބުނާނެ!: ޝައިޚް އިލްޔާސް ޖަމާލް

ބައެއް މީހުން ކަލަކު ވޮޑިގެން ނުވާކަމަށް އެބަ ބުނެއެވެ. ﷲ ތާޢާލާ ވޮޑިގެން ނުވާކަމަށް ވެސް އެބަ ބުނެއެވެ. ނަމަވެސް އެއީ އެމީހުން ހަދާ ވަރަށް ބޮޑު ދޮގެކެވެ. އެކަން އެނގެނީ ހަމަ އެމީހުންގެ ބަހުންނެވެ. ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލުނުކުރާނަމަ ބޮޑުކަމެއް ދިމާވާއިރަށް "އޯ މައި ގޯޑް" ބުނަނީ ކީއްވެގެން ހެއްޔެވެ؟ އެހެނެއް ނުބުނާނެއެވެ. 

މިއަދު ކޮންމެ މީހަކަށް ކޮންމެ ބަހެއްވެސް ބުނެވިދާނެއެވެ. ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ. ކަންކަން މަތީގައި ދާދާ ހެދިގެން ވެސް އުޅެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަސް އައިސް ނަރަކައަށް ދާނަ ޖެހިއްޖެ އެއްވެސް މީހަކަށް ނަރަކައިގައި ދާދާ ކަމެއް ނުކުރެވޭނެއެވެ. ޖެހޭނީ ނަރަކައިގެ ގަދަފަ ޢަޛާބުގައި ދެމިއޮންނާށެވެ! 

ﷲ ތަޢާލާ ދުނިޔެއާއި މީސްތަކުން އުފެއްދެވުމުގެ ކުރިން ވަނީ ދުނިޔޭގައި ހިނގާނެހައި ކަމެއް ލައުހުލްމަޙްފޫޟްގައި ލިޔުއްވަވައިފައެވެ. އަދި އިންސާނުން ކުރާހައި ކަމެއް ވެސް ދަނީ ލިޔެވެމުންނެވެ. ވީމާ ދުނިޔެއުފައްދަވައި މީސްތަކުން ލައްވަވާފައި މިވަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ ތެރެއިންނެވެ. ވަރަށް ފުރިހަމައަށް ޕްލޭން ކުރެވިގެންނެވެ. އެ ނިޒާމުން ބޭރުން ހަމަ އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. 

ޖިންނީންނާއި އިންސީން އުފައްދަވައި ލައްވަވާފައި މިވަނީ ހަމައެންމެ ބޭނުމަކުއެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ. އެހެން އެއްވެސް ބޭނުމަކު ނޫނެވެ. ވީމާ މީސްތަކުންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމެވެ. ﷲ ތަޢާލާއަށް އަޅުކަން ކުރުމުގައި ސާބިތުވެ ތިބުމެވެ. 

- މިރޭގެ އިޙްޔާ ފޯރަމްގައި ޝައިޚް އިލްޔާސް ޖަމާލް ދެއްވި ދަރުސުން

މިއަދު އޮންލައިން