ގިނި ހިލަ ނާންނަ ރެއެއް ރަމަޟާން މަހު އަންނަކަން ނާސާގެ ސައިންސްވެރިންނަށް އެނގޭތާ ވިހި އަހަރު! ބުނަން ބޭނުންނުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ގިނި ހިލަ ނާންނަ ރެއެއް ރަމަޟާން މަހު އަންނަކަން ނާސާގެ ސައިންސްވެރިންނަށް އެނގޭތާ ވިހި އަހަރު! ބުނަން ބޭނުންނުވަނީ!

ޢާންމު ގޮތެއްގައި ކޮންމެ ރެއަކު އުޑުން ދުނިޔެއަށް ވިއްސަކަށް ހާސް ގިނިހިލަ ފައިބައެވެ. އެކަން ނާސާގެ ސައިންސްވެރިންނަށް އެނގެއެވެ. ރާޑަރުތަކަށްވެސް އަރައެވެ. 

އެރެއެއްގައި ގިނިހިލަ ނުފޭބުމަކީ ލައިލަތުލްޤަދްރް ވިލޭރޭގެ ޢަލާމާތެކެވެ. ދުނިޔެއަށް ގިނަ ހިލަ ނާންނަ ރެއެއް ރަމަޟާން މަހު އަންނަކަން ނާސާގެ ސައިންސްވެރިންނަށް އެނގޭތާ 20 ވަރަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް އެމީހުން ބުނަން ބޭނުންނުވަނީއެވެ. އެކަން ހާމަކުރަން ބޭނުން ނުވަނީއެވެ. 

އިސްލާމް ދީނުގެ މަތިވެރިކަމާއި ކީރިތި ޤްރްއާނުގެ ތެދުކަން ލޮލަށް ފެނި ޔަޤީންވުމުންވެސް ހާމަކުރަން ބޭނުންނުވަނީ ގިނަ ބައަކު އިތުރަށް އިސްލާމްވާނެތީއެވެ. އެހެން ދީންތަކީ ބާޠިލު ދީންތަކެއް ކަމާއި ޙައްޤު ދީނަކީ އިސްލާމްދީންކަން މީސްތަކުންނަށް ހާމަކުރަން ބޭނުންނުވަނީއެވެ. 

އެހެން ނަމަވެސް ތިމާގެ އަމިއްލަ ލޮލަށް މިފަދަ ޙަޤީޤަތްތައް ފެނުމުން ސައިންސްވެރިންގެ ގިނަ ބައަކު މިހާރުވެސް ދަނީ އިސްލާމްވަމުންނެވެ. ނާސާގެ ވަޒީފާ ދޫކުރަމުންވެސް އެބަ ގެންދެއެވެ. 

- ފުރްޤާން މިސްކިތުގައި ޝައިޚް އިބްރާހީމް ފަރީދު މިއަދު ދެއްވި ދަރުސުން

 

މިއަދު އޮންލައިން