ކުރީ ރަމަމާން މަހުން މި ރަމަޟާން މަހަށް ފާއިތުވެގެން ދިއަ އަހަރަކީވެސް ގިނަ ބައަކު ދުނިޔެ ދޫކުރި އަހަރެކެވެ. އެއިގެ ތެރޭގައި ތިމާއަށްވުރެ އުމުރުން ހަގު އެތައް ބައަކުވެސް ހިމެނެއެވެ. ވީމާ މަރުނުވެ މި ރަމަޟާން މަހާއި ހަމައަށް އަންނަންދެން ދުނިޔޭގައި ލެހެއްޓެވި ކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ގޮތުންވެސް ރަމަޟާން މަހު އަޅުކަންކުރުން އިތުރުކުރާށެވެ.

ހަމަ އެއާއިއެކު ތިމާއަކީ ކިތަންމެ ޒުވާން މީހެއް ނަމަވެސް ޞިއްޙަތު ރަނގަޅު މީހަކު ނަމަވެސް އަންނަ އަހަރުގެ ރަމަޟާން މަހާއި ހަމައަށް ދުނިޔޭގައި ހުރެދާނެ ކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ވީމާ މި ރަމަޟާން މަހަކީ ތިމާ އާއި ބައްދަލުކުރާނެ އެންމެ ފަހު ރަމަޟާން މަސް ކަމަށް ޤަބޫލުކޮށްގެން ވީހައި ގިނަ ހެޔޮކަމެއް މި ރަމަޟާން މަހު ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާށެވެ!
