ރާއްޖޭގަ އެންމެ ގިނަ ދުވަހު ބާއްވަމުން އަންނަ ޤްރްޢާން މުބާރާތް - "ޖަމިއްޔަތުލްފަލާޙް ޤްރްއާން މުބާރާތް" ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ރާއްޖޭގަ އެންމެ ގިނަ ދުވަހު ބާއްވަމުން އަންނަ ޤްރްޢާން މުބާރާތް - "ޖަމިއްޔަތުލްފަލާޙް ޤްރްއާން މުބާރާތް" ފަށައިފި

ރާއްޖޭގަ އެންމެ ގިނަ ދުވަހު ބާއްވަމުން އަންނަ ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތް ކަމަށްވާ "ޖަމިއްޔަތުލްފަލާޙް ޤްރްއާން މުބާރާތް" ފަށައިފިއެވެ. މިއީ އެ ޖަމިއްޔާއިން މި މުބާރާތް ބާއްވަމ،ުން ގެންދާތާ 48 ވަނަ އަހަރެވެ. 

20 ސްކޫލަކުން 586 ދަރިވަރުން ވާދަކުރާ މިފަހަރުގެ މުބާރާތް އަމާޒުކޮށްފައި މާލޭގެ ޕްރައިމަރީ، ސެކަންޑަރީ އަދި ހަޔަރ ސެކްންޑަރީ ސްކޫލްތަކަށެވެ. 

އެޖަމިއްޔާއިން ބުނީ ކހިތުން ކިޔެވުމުގެ ބައިގާ 199 ދަރިވަރުން  އަދި ބަލައިގެން ކިޔެވުމުގެ ބައިގައި 387 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ކުރީ އަހަރަށްވުރެ މިއަހަރު ބައިވެރިވި ދަރިވަރުންގެ އަދަދު ގިނަ ކަމަށެވެ.

 

އެ ޖަމިއްޔާއިން ބުނެފައިވަނީ މި މުބާރާތް ބޭއްވުމުގެ ބޭނުމަކީ ދަރިވަރުންގެ ހިތްތަކުގައި ދަރިންނަށް ލީބި ޖެއްސުމާއި ހިތުދަސްކުރުމަށް ހިތްވަރު ދިނުމާއި ތަޖުވީދު މަގުން ކިޔަވަން ދަންނަ ގިނަ ކުދިންތަކެއް ރާއްޖޭގައި އުފެއްދުން ކަމަށެވެ.

 

މިއަދު އޮންލައިން