ލައިލަތުލްޤަދްރް ހޯދަން މަސައްކަތް ކުރާ މީހަކަށް އެރޭ އައުމުން އެކަން އިލްހާމް ކުރައްވަވާނެ!: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ލައިލަތުލްޤަދްރް ހޯދަން މަސައްކަތް ކުރާ މީހަކަށް އެރޭ އައުމުން އެކަން އިލްހާމް ކުރައްވަވާނެ!: ޝައިޚް ފަރީދު

ލައިލަތުލްޤަދްރް ހޯދަން މަސައްކަތްކުރާ މީހާއަށް އެރޭ އައުމުން އެއީ އެރޭކަން އިހްޞާޞްކުރެވޭނެއެވެ. ﷲ ތަޢާލާ އެމީހަކަށް އެކަން އިލްހާމް ކުރައްވަވާނެތެވެ. 

އެރޭގެ ބައެއް ސިފަތައްވެސް ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. "އެރެއަކީ އުޑުމަތި ވަރަށް ރީތި ސާފުވެގެންވާ ރެއެކެވެ. ވިލާތަކެއް (މާގިނަ) ނުހުންނާނެއެވެ. ޠޫފާނީ ވައިރޯޅީއެއް ވެސް ނުޖެހޭނެތެވެ. އެހެން ރޭތަކާއި ޚިލާފަށް އެރެއަކީ އަލިވެގެންވާ ރެއެކެވެ. ވަރަށް އުޖާލާވެގެންވާނެ ރެއެކެވެ. ހީވާނީ އަރާފައިވާ ހަނދެއް ހުންނަހެންނެވެ. އެއީ އުޖާލާވެގެންދާ ވަރުންނެވެ." 

އަދިވެސް ބަޔާންވެގެންވެއެވެ. "އެރެއަކީ ވަރަށް ހަމަހިމޭންކަން ލިބިގެންވާ ރެއެކެވެ. މީސްތަކުން ޒުވާބުކޮށް އުޅޭ ރެއެއް ނޫނެވެ. ޠޫފާން އަންނާނެ ރެއެއްވެސް ނޫނެވެ. އެރެއަކީ ފިނި ރެއެއް އަދި ހޫނެ ރެއެއްވެސް ނޫނެވެ. އެ ރޭ އެއްވެސް ގިނަ ހިލައެއް އަންނަތަނެއް ނުފެންނާނެތެވެ. 

ލައިލަތުލްޤަދްރް ހޯދަން މަސައްކަތްކުރާ މީހާއަށް މި ޢަލާމާތްތައް ފެނުމުން އެކަން އިޙްޞާޞް ކުރެވޭނެ އެވެ. ހިތަށް ފިނިކަން ލިބޭނެއެވެ. "މިއީ ލައިލަތުލްޤަދްރް ވިލޭރޭ ނޫންބާވައޭ" ހިތަށް އަރާނެއެވެ. އެއީ އެރޭ ހޯދަން ގަދައަޅައި މަސައްކަތްކުރާ އަޅުނަށް އެ ރޭ ﷲ ތާޢާލާ އިލްހާމް ކޮށްދެއްވަވާނެތީއެވެ. މިރޭ ވާނީ ލައިލަތުލްޤަދްރް ވިލޭރެއަށޭ އެމީހާގެ ހިތަށް އަރާނެއެވެ." 

އެރޭ ލިބިގަތުމަށްޓަކައި އަޅުކަންކުރާ މީހުންނަށް އާދައާ ޚިލާފް މުރާލިކަމެއް ދެއްވަވާފައިވާނެއެވެ. 

- ޝައިޚް އިބްރާހީމް ފަރީދުގެ ދަރުސަކުން

މިއަދު އޮންލައިން