ފަހު ދިހަ ފެށުމުން ވީހާ ގިނަ އަޅުކަން ކުރަން ގަދައަޅައި މަސައްކަތްކުރަން ޝައިޚް އިލްޔާސް ޖަމާލް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފަހު ދިހަ ފެށުމުން ވީހާ ގިނަ އަޅުކަން ކުރަން ގަދައަޅައި މަސައްކަތްކުރަން ޝައިޚް އިލްޔާސް ޖަމާލް އިލްތިމާސް ކުރައްވައިފި

މިރެއަކީ ރަމަޟާން މަހުގެ ފަހު ދިހަ ފެށޭ ރޭ ކަމަށް ވުމުންރަމަމާން މަސް ނިމެންދެން ވީހައި ގިނަ އަޅުކަން ކުރަން ގަދައަޅައި މަސައްކަތްކުރަން ޝައިޚް އިލްޔާސް ޖަމާލް އިލްތިމާސް ކުރައްވައިފި އެވެ. 

ޝައިޚް ބަޔާން ކުރައްވާފައިވަނީ ރަމަޟާން މަހުގެ ފަހު10 އާއި ބެހޭގޮތުންއިމާމް އިބްނުލް ޖައުޒީ رحمهاللهވިދާޅުވެފައިވާ ބަސްފުޅެކެވެ. "އެބަސްފުޅުގައި ވަނީ "ރޭސް ނިމޭ ރޮނގު ފެނުމުން މޮޅުވުމަށްޓަކައި އަސް އެއަށް ލެވުނު ހިތްވަރެއްލައި އިތުރަށް މަސައްކަތް ކުރެއެވެ. ވީމާ އަހަކީ ތިބާ އަށްވުރެ ތޫނުފިލި އެއްޗެއް ކަމުގައި ނުހަދާށެވެ!"

މާނައަކީ ރޭސް ނިމޭ ރޮނގު ފެނުމުން އަސް ވެސް އެއަށް ލެވުނުހައި ބާރެއް ލައި ރޭސް ކާމިޔާބުކުރަން މަސައްކަތްކުރެއެވެ. ވީމާ އަހަރެމެންނަކީ އަހަށްވުރެ ވިސްނުން ތޫނު ބައަކަށްވެ، ފަހު 10 ފެށުމުން ރަމަމާން މަސް ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމެވެ.

 

މިއަދު އޮންލައިން