ޖުމްހޫރު ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ލައިލަތުލްޤަދްރް ވިލޭރެއަކީ ކޮންމެ އަހަރަކު ކަލަންޑަރުގެ އެއް ރެއެއް ނޫނެވެ. އެއީ ބަދަލުވަމުން އަހަރެމެންނާއި ބައްދަލުކުރާ ރެއެކެވެ. މިސާލަކަށް އެރެއަކީ ކޮންމެ އަހަރަކު25، 27 ވިލޭރޭ ނުވަތަ އެނޫންވެސް ރެއަކަށް ނުވެދާނެއެވެ. އެރެއަކީ ހަމަ ފަހު ދިހައިގެ ކޮންމެ ރެއަކަށްވެސް ވެދާނެއެވެ.
ވީމާ ލައިލަތުލްޤަދްރް ވިލޭރެއަކީ ވަކި ރެއެއް ކަމަށް ބަލައިގެން އެ ރޭ ގަދައަޅައި މަސައްކަތްކުރަން ނުތިބޭށެވެ. ފަހު ދިހަ ފެށުމާއިއެކު ހުރިހާ ރޭތަކެއްގައިވެސް ގަދަ އަޅައި މަސައްކަތް ކުރަން ފަށާށެވެ. އޮނަ ހިރި ރޭތަކުގައި އިތުރަށް މަސައްކަތްކުރާށެވެ!