ޑރ. ޝަހީމް، އޯއައިސީއަށް ވަޑައިގެން އުޅުއްވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޑރ. ޝަހީމް، އޯއައިސީއަށް ވަޑައިގެން އުޅުއްވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައިފި

އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ޚާއްޞަ އެޑްވައިޒަރުގެ މަޤާމުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އޯއައިސީގެ ބައްދަލުވުމަށް ވަޑައިގެން އުޅުއްވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައިފިއެވެ. 

"އަބަދުވެސް ދެމިހުންނާނީ ދިވެހި ޤައުމަށް ޚިދުމަތްކުރުމުގަ" ކަމަށް ވިދާޅުވަމުން ގެންދަވާ ޑރ. ޝަހީމް ވިދާޅުވެފައިވަނީ މައްކާގައި ދިވަހި ސަރުކާރުގެ ވަފުދާއި ބައްދަލުވެވަޑައިގަތުމުން ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމަށެވެ. 

ޑރ. ޝަހީމް އޯއައިސީގެ މަޤާމަކަށް ވަޑައިގަތީ މިދިއަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުވުމާއި ގުޅިގެން އެންމެފަހުން ފުރުއްވަމުން ގެންދެވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތުމުންނެވެ.  

ޑރ. ޝަހީމް އަކީ ކޮންމެ މަޤާމެއްގައި ހުންނެވި ނަމަވެސް އިސްލާމީ ޤައުމުތަކާއި ގުޅުން ބަދަހިކުރައްވައި ރާއްޖެއަށް ވަރަށް ބޮޑެތި އެހީތައް ހޯއްދަވައި ދެއްވަވާފައިވާ ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ހުންނެވި މަޤާމަކީވެސް ރާއްޖެއަށް ވަރަށް މުހިންމު ޚިދުމަތް ކުރެއްވޭނެ މަޤާމެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން