މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު، ނައިބް ރައީސްކަމަށް ޢީވާ އިންތިޚާބުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު، ނައިބް ރައީސްކަމަށް ޢީވާ އިންތިޚާބުކޮށްފި

މިއަދު މިފެށުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މައްޗަންގޮޅު މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުކޮށްފިއެވެ. އެމަނިކުފާނު މަޤާމް ކާމިޔާބުކުރެއްވީ 67 ވޯޓުގެ އަޣްލަބިއްޔަތުންނެވެ. 

ދެވަނައަށް ހުށަހެޅުނު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއަށް ލިބިވަޑައިގަތީ 17 ވޯޓެވެ. 

މަޖިލީހުގެ ނައިބް ރައީސްގެ މަޤާމަށް ހުށަހެޅުނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲގެ ނަންފުޅު އެކަންޏެވެ. އީވާ މަޤާމަށް ހޮވިވަޑައިގަތީ 77 މެންބަރުންގެ ތާއީދާއިއެކުގައެވެ. އީވާއަށް ތާއީދު ނުކުރައްވައި 9 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގުރައިދޫ ދާއިރާގެ މެންބަރު ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ އުއްތަމަ ފަނޑިޔާރުގެ ކުރިމަތީގައި މެންބަރުކަމުގެ ޤާނޫނީ ހުވާ ކުރައްވައިފައެވެ. ގުރައިދޫ ދާއިރާގެ މެންބަރު މިވަގުތު ހުންނެވީ އުމުރާގައި ކަމަށްވުމުން ހުވާކުރައްވާނީ އެނބުރިވަޑައިގަތުމަށްފަހުގައެވެ. 

މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުގެ ހައިސިއްޔަތުން މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.،

މިއަދު އޮންލައިން