ޖަލުތަކުގެ އޮޑިޓް ރިޕޯޓް މަޖިލީހުގެ ރައީސަށް އަރުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޖަލުތަކުގެ އޮޑިޓް ރިޕޯޓް މަޖިލީހުގެ ރައީސަށް އަރުވައިފި

ޖަލު އޮޑިޓް ކޮމިޝަނުން ނެރުނު ޖަލުތަކުގެ އޮޑިޓް ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވައިފިއެވެ.

ޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަށް އެރުވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް އިމްރާން ޢަބްދުﷲ އެވެ.

މިއޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަ ޖަލުތަކަކީ އެކި ކެޓަގަރީގެ މީހުން ބަންދުކުރުމަށް ހަދާފައިވާ ޖަލުތަކަކަށްވީނަމަވެސް، ގިނަ ޖަލުތަކުގައި ހުރިހާ ކެޓަގަރީއެއްގެ މީހުންވެސް ތިބިކަން ފާހަގަކުރެވޭ ކަމަށާއި އަދި ޖަލުތަކުގައި ޤައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅާފައިނުވާކަމާއި، އެކި ޖަލުތަކުގައި އެއް ކެޓަގަރީއެއްގެ މީހުންނާމެދުވެސް އެކި ގޮތަށް ޢަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މި ރިޕޯޓުގައިވާގޮތުން އެކި ޖަލުތަކަށް އެކި އުސޫލުތަކަކާއި ޤަވާއިދުތައް ހެދުމުގެ ސަބަބުން، ބަންދުކޮށްފައި ތިބޭ މީހުންގެ މެދުގައި ތަފާތުކުރުން އުފެދި، ޖަލުގެ އުސޫލުތައް އޮޅި، މިކަންތައްތައް ސާފުނުވެ އޮތުމުގެ ސަބަބުން އެތައް އަސާސީ އިންސާނީ ޙައްޤަކާއި، މިނިވަންކަމުގެ އަސާސްތަކާ ފުށުއަރާގޮތަށް ކަންތައްތައް ހިނގާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން އެތައް މައްސަލައަކަށް ޖަލުތަކުގެ ޤައިދީންނާއި ބަންދުމީހުން ހުށަހެޅެމުންދާކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯރޓް މިހާރު ކަމާ ގުޅުންހުރި ހުރިހާ އިދާއިރާ ތަކާއި ޙިއްޞާކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން