އިންޑިއާ ސަފީރު، ރައްްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
އިންޑިއާ ސަފީރު، ރައްްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފި

އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ރައްްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ. އެހެން ނަމަވެސް މި ބައްދަލުވުމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް މަޖިލީހުގެ އިދާރާއިންނާއި ރާއްޖޭގައި އިންޑިއާގައި އެމްބަސީން ހާމަކޮށްފައެއް ނުވެ އެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދު މޯދީ ރާއްޖެއަށް ކުރައްވާ ރައސްޟި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ދައުވަތު ދިނުމަށް މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފައެވެ. 

މިއަދު އޮންލައިން