އާރާބާރު ލިބުނު ނަމަވެސް، ކިތަންމެ ނުރުހުނު ނަމަވެސް އެމީހަކަށް ލިބިދޭން ޖެހޭ އަސާސީ ޙައްޤެއް ނުލިބޭނެ ގޮތް ހަދައިގެން ނުވާނެ: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އާރާބާރު ލިބުނު ނަމަވެސް، ކިތަންމެ ނުރުހުނު ނަމަވެސް އެމީހަކަށް ލިބިދޭން ޖެހޭ އަސާސީ ޙައްޤެއް ނުލިބޭނެ ގޮތް ހަދައިގެން ނުވާނެ: ޝައިޚް އިލްޔާސް

"ކިތަންމެ އާރާބާރު ލިބުނު ނަމަވެސް އަދި ތިމާ ކިތަންމެ ނުރުހުނު ނަމަވެސް އެމީހަކަށް ލިބިދޭން ޖެހޭ އަސާސީ ޙައްޤެއް ނުލިބޭނެ ގޮތް ހަދައިގެން ނުވާނެއެވެ. "އިންބާފް" މި ލަފުޒު ބޭނުންކޮށްގެން އަނިޔާވެރިވުމަށް މަގުފަހިކޮށްގެން ނުވާނެއެވެ.  

މިނޫން ދުވަހެއް ވާކަން ހަނދާން ކުރަން ޖެހެއެވެ. ﷲ އަށް ބިރުވެތިވުން މޮޅު އިތުރެވެ."

މިއީ ފަމީލަތުއްޝައިޚް އިލްޔާސް ޙުސައިން ކުރައްވާފައިވާ ޓްވީޓެކެވެ. މި ޓްވީޓާއިއެކު ޢާންމު ކުރައްވާފައިވަނީ އަލްމާއިދަތު ސޫރަތުގެ 8 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށްޓަކައި އެކަލާނގެ حق ތައް ފުރިހަމަޔަށް قائم ކުރާ، އަދި عدل އަށް ހެކިދޭ ބައަކު ކަމުގައިވާށެވެ! އަދި ބައަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިއަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިއަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިއަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިއަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

 

މިއަދު އޮންލައިން