ސ. ފޭދޫން މަސްތުވާތަކެއްޗާއި އެކު ދެމީހަކު ހައްޔަރުކޮށްފިއެވެ
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ފިރިހެނެކާއި 40 އަހަރުގެ ފިރިހެނެކެވެ.
މިދެމީހުން ހައްޔަރުކޮށްފައިވަނީ ފޭދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖޫން 16 ވަނަ ދުވަހުގެ 21:40 ހާއިރު ހިންގި އޮޕަރޭޝަނުގައި އެރަށު ފަޅުގެއެއްގެ ތެރެއިންނެވެ.
މިއޮޕަރޭޝަންގައި، މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެއެވެ.