ލ.ގަން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ގަމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 16 ވަނަ ދުވަހުގެ 21:00 ހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހެކެވެ.
މިއޮޕަރޭޝަނުގައި، ކޯޓު އަމުރެއްްގެ ދަށުން މިމީހާ ހައްޔަރުކޮށް މިމީހާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ފަސްް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ހުރި ފަސް ސެލޯފިންކޮޅު އެގޭ ފާރުކައިރީގައި ވަޅުލާފައި ހުއްޓައި ފެނިފައިވެއެވެ.