އޭޝިއާ ކައުންޓަރ ޓެރަރިޒަމް ލީޑަރސް ފޯރަމް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 34ސ
އޭޝިއާ ކައުންޓަރ ޓެރަރިޒަމް ލީޑަރސް ފޯރަމް ފަށައިފި

އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ބާއްވާ އޭޝިއާ ކައުންޓަރ ޓެރަރިޒަމް ލީޑަރސް ފޯރަމް ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު މިކަމަށްޓަކައި  އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި މިފޯރަމް އިފްތިތާޙުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ނިރުބަވެރި ހަމަލާތައް ކުށްވެރި ކުރައްވާފައިވެއެވެ. އަދި ދެކުނު އޭޝިއާގައި ހިންގަމުންދާ ނިރުބަވެރި ހަމަލާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެފަދަ ހަމަލާތަކާއި ދެކޮޅަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިކަމަށެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި، އޭޝިއާ ރީޖަނަލް މެނޭޖަރ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ކޮމާންޑަރ ގްލެންޑް މެކްއެވަން އާއި، އެކްޓިންގ ކޮމާންޑަރ ޕައުލާ ހަޑްސަންއާއި، ސީނިއަރ ލިއޭޒަން އޮފިސަރ ސްޓްއަރޓް އެލަންގެ އިތުރުން ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުންނާއި ފޯރަމްގައި ބައިވެރިވާ ޤައުމުތަކުގެ މަންދޫބުން ބައިވެރިވެލެއްވިއެވެ.ޖޫން މަހުގެ 17 ން 19 އަށް އިސްކަންދަރު ބިލްޑިންގގައި ކުރިއަށްދާ މި ފޯރަމުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، ތައިލެންޑް، މިޔަންމާ، އަފްޤާނިސްތާން އަދި އޮސްޓްރޭލިއާ ހިމެނޭ ގޮތުން 26 މަންދޫބުން ބައިވެރިވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމުގައި ޓެރަރިޒަމްއާ ދެކޮޅަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކާއި ހުރި ނުރައްކާތަކާއި ގޮންޖެހުންތައް ހިއްސާކޮށް، ޤައުމުތަކުގެ މަންދޫބުންގެ މެދުގައި މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން