މީރާއަށް ބީ.ޕީ.ޓީ ދެއްކުމަށް ގ.ކަނޑުވައިގެ އަލީ ރަޝީދު މައްޗަށް ޙުކުމް ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
މީރާއަށް ބީ.ޕީ.ޓީ ދެއްކުމަށް ގ.ކަނޑުވައިގެ އަލީ ރަޝީދު މައްޗަށް ޙުކުމް ކޮށްފި

ގ.ކަނޑުވައިގެ އަލީ ރަޝީދު މީރާއަށް ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާ އާއި އިންޓްރެސްޓުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

އަލީ ރަޝީދުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 1,632,887ރ (އެއް މިލިއަން ހަ ލައްކަ ތިރީސް ދެ ހާސް އަށް ސަތޭކަ އަށްޑިހަ ހަތް ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާ އާއި އެކު 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

މިއަދު އޮންލައިން