ނޯތު ސެންޓްރަލް ޕޮލިސް އާއި އަލަށް ހަވާލުވި ކޮމާންޑަރ އެއަތޮޅުގެ ފުލުހުންނާއި ކައުންސިލާ ބައްދަލު ކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 10ސ
ނޯތު ސެންޓްރަލް ޕޮލިސް އާއި  އަލަށް ހަވާލުވި ކޮމާންޑަރ އެއަތޮޅުގެ ފުލުހުންނާއި ކައުންސިލާ ބައްދަލު ކޮށްފި

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަނާއި އަލަށް ހަވާލުވެލެއްވި ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢަލީ، އއ. އަތޮޅުގެ ރަށްތަކަށް ދަތުުރު ކުރައްވާ އެއަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި، ކައުންސިލްތަކާއި ބައްދަލުކުރައްވައިފިއެވެ.

މި ޖޫން 14 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅަކީ ނޯތު ސެންޓަރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރުކަމާއި ހަވާލުވެލެއްވުމާއި ގުޅިގެން ޑިވިޜަންގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އަތޮޅުގެ ކައުންސިލްތަކާ ބައްދަލުކޮށް ތަޢާރަފްވުމުގެ ގޮތުންނާއި ސްޓޭޝަންތަކުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުވުންތަކުގައި އއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި، ފުލުހުންނަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށާއި، ފުލުހުންނާމެދު ރައްޔިތުންގެ ހިތުގައި ޔަޤީންކަން އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް ކުށުގެ ވެށި ސާފުކޮށް ކުށުގެ ބިރުވެރިކަމުން ސަލާމަތް ކުރުމަކީ ކޮންމެ ފުލުހެއްގެ ޒިންމާއެއް ކަމުގައި ހެދުމަށް އެދިލެއްވިއެެވެ. އަދި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ޙައްލުކުރަން ޖެހޭ ކަންކަމާއި ޚިދުމަތް ދިނުުމުގައި ބޭނުންކުރާ ވަސީލަތްތަކާއި  ޕޮލިސް ސްޓޭޝަން ތަކުގެ ހާލަތު ބައްލަވައިލެއްވިއެވެ.

އއ. އަތޮޅުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކަކީ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކެއް ކަމަށާއި އއ. އަތޮޅުގެ ކައުންސިލްތަކުން، އއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ވީ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެެދިލެއްވިއެވެ. މިގޮތުން ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުންނާ ގުޅިގެން ކައުންސިލްތަކުން މަސައްކަތްކުރުމުން އެދެވޭ ނަތީޖާ މިއަދު ފެންނަމުންދާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރުކަމާއި ހަވާލުވެލެއްވުމާއި ގުޅިގެން ޑިވިޜަން ކޮމާންޑަރެއްގެ ހައިސިއްޔަތުން ޑިވިޜަންގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވާ ގޮތްތައް ކައުންސިލްތަކާ ޙިއްސާ ކުރެއްވިއެވެ.

މިބައްދަލުވުންތަކުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢަލީގެ އިތުރުން ކުރިން އެ ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މުސްލިމް ބައިވެރިވެ ލެއްވިއެވެ.

މިއަދު އޮންލައިން