ސުވާލު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލައިގެން، ބްރޯޑްކޮމް އާއި އޭސީސީގެ މެމްބަރުން މާދަމާ ކޮމިޓީއަށް ހާޒިރު ކުރަނީ

ކިޔުމަށް ހޭދަވާނީ 56ސ
ސުވާލު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލައިގެން، ބްރޯޑްކޮމް އާއި އޭސީސީގެ މެމްބަރުން މާދަމާ ކޮމިޓީއަށް ހާޒިރު ކުރަނީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މާދާމާ ޙާޒިރުކުރަން ނިންމައިފިއެވެ.

 

ދެ ކޮމިޝަންގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޙާޒިރުކުރަން ނިންމާފައިވަނީ، އޭސީސީން ނުބަލާ ދޫކޮށްލާފައިވާ މައްސަލަތަކާއި ގުޅޭގޮތުން މަޢޫލޫމާތު ސާފުކުރުމަށާއި، ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އިސްމާޢިލް ޞަފްވާން ވަކިއެއްޗެއް ނާންގަވާ އޮފީހަށް ނުކުމެވަޑައިނުގެން މުސާރަ ނަންގަވާ މައްސަލާގައި މަޢުލޫމާތު އޮޅުންފިލުވުމަށެވެ.

 

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނައިބު މުޤައްރިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާޢިލް އަޙްމަދު ނަސީމް ވިދާޅުވީ، އެ ދެކޮމިޝަންގެ މެންބަރުންނާއި ސުވާލުކުރުމަށް އާންމުކޮށް ސުވާލު ހުށައެޅުން ހުޅުވާލާފައިވާކަމަށާއި އެގޮތުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުންނާއި މެސެޖާއި އީމެއިލް މެދުވެރިކޮށްވެސް ޢާންމުންނަށް ސުވާލު ފޮނުވޭނެކަމަށެވެ.

 

މިއީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިނިވަން މުއައްސަސާތަކުގެ މެމްބަރުން ޙާޒިރުކުރާ ފުރަތަމަ ފަހަރެވެ.

މިއަދު އޮންލައިން