"ޤާނޫނޭ ތަރައްޤީއޭ" ކިޔައި އޮޅުވާލައިގެން އިސްލާމް ދީން ނޫން އެހެން ދިނެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީނަކަށް މިލޮބުވެތި ވަޠަނުގެ މުސްލިމުން ދުވަހަކު ވެސް ފުރުސަތެއް ނުދޭނެކަން ތާރީޚު ހެކިވާނެ ކަމަށެވެ. އަދި އޮޅުވާލައިގެން މިޖަރީމާ ހިންގަން އުޅުމަކީ މޮޔަކަމެއް ކަމަށާއި "ޤާނޫނޭ ތަރައްޤީއޭ" ކިޔައިގެން އޮޅުވައި ނުލެވޭނެ ކަމަށެވެ. އިން ޝާ ﷲ!
ދިވެހި ރައްޔިތުން މިކަމާއިމެދު ސަމާލުވެތިއްބެވުމަށްވެސް ޝައިޚް އިލްޔާސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
އިސްލާމްދީން ނޫން އެހެން ދީނަކަށް މިލޮބުވެތި ވަޠަނުގެ މުސްލިމުން ދުވަހަކު ވެސް ފުރުސަތެއް ނުދޭނެކަން ތާރީޚު ހެކިވާނެ އޮޅުވާލައިގެން މިޖަރީމާ ހިންގަން އުޅުމަކީ މޮޔަކަމެއް ޤާނޫނޭ ތަރައްޤީއޭ ކިޔައިގެން އޮޅުވާނުލެވޭނެ އިންޝާއަﷲ ދިވެހި ރައްޔިތުން މިކަމާމެދު ސަމާލުވެތިއްބަވާ! pic.twitter.com/RDqOrRpiu7
— Ilyas Hussain (@shkilyas) June 23, 2019