ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީހުގެ ޖޫޑިޝަރީ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފިއެވެ.
ޖޭއެސްސީ އިން މެޖިސްޓްރޭޓް މަޤާމުން ވަކިކުރަން ނިންމީ ބޭއަދަބީ ބަސްތަކުން މުޚާތަބުކުރި މައްސަލައެއްގައި ކަމަށް އެކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ތަހުގީގު ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކަމުގައި އެއްވެސް ހެއްކެއް ލިބިފައި ނުވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް 2013 ގައި ހުށަހެޅި އިރު، އޭނާގެ ސުލޫކީ މައްސަލަތައް ބަލަން އެ ކޮމިޝަނުން މާ ކުރިން ފޮނުވާފައިވީ ނަމަވެސް އެމައްސަލައިގައި ޖޭއެސްސީ އިން ގޮތެއް ނިންމައި މަޖިލިހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.