ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރައްވަވާފައި މިވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމް އިބްލާޙްކުރަން މަޖިލީހުން އިސްނަގައިގެން މަސައްކަތްތަކެއް ކުރެވެމުންދާ ވަގުތެއްގައެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ޤާނޫނުން ލިބިދީފައިވާ ނުވާ ބާރުގެ ބޭނުން ސްޕްރީމް ކޯޓުން ކުރަމުން ގެންދާކަން މަޖިލީހުގެ މެންބަރުން ގެންދަނީ ފާހަގަކުރަމުންނެވެ. ހަމައެއާއިއެކު ސްޕްރީމް ކޯޓުގެ ބެލެނެވެރިކަމުގައި މިހާރު ހުރި ޑިޕާޓްމަންޓް އޮފް ޖޫޑިޝަލް އެޑްމިނިސްޓްރޭޝަން (ޖޭޑީއޭ) ޖޭއެސްސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތަކެއްވެސް މިހާރު ވަނީ ފަށައިފައެވެ

މިއަދު އޮންލައިން