ޔުނިވަރސިޓީތަކުގެ ބިލަށް ޚިޔާލުހުށަހެޅުމުގެ ފުރުޞަތު ކޮމިޓީން ދީފިނަމަ މާލެދާން ވެސް ތައްޔާރު!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޔުނިވަރސިޓީތަކުގެ ބިލަށް ޚިޔާލުހުށަހެޅުމުގެ ފުރުޞަތު ކޮމިޓީން ދީފިނަމަ މާލެދާން ވެސް ތައްޔާރު!: ޑރ. ޝަހީމް

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޔުނިވަރސިޓީތަކުގެ ބިލަށް ޚިޔާލު ހެށަހެއްވުމުގެ ފުރުޞަތު ކޮމިޓީން ދީފި ނަމަ ޚިޔާލުފުޅުތައް ހުށަހެޅުއްވުމަށްޓަކައި މާލެވަޑައިގަންނަވަންވެސް ތައްޔާރުކަމަށް އިސްލާމިކް މިނިސްޓަރުކަމާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވާފައިވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވީ ރާއްޖޭގައި ހުރި 2 ޔުނިވަރސިޓީގެ ގާނޫނު އިސްލާހު ކުރުމުގެ ބިލާއި ގުޅޭ ގޮތުން ކަމާ ބެހޭ ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމުމުން އެކަމަށް މަރުހަބާ ވިދާޅުވެ ޖިއްދާގައި ހުންނަވައިގެން ކުރެއްވި ޓްވީޓްގައެވެ.

ކޮމިޓީން ބައްދަލު ކުރަން ނިންމާފައިވަނީ ދެ ޔުނިވާސިޓީގެ ޗާންސެލަރުންނާއި އެހެން އިސްވެރިންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ގުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިންނާއި އަދި ޔުނިވާސިޓީގެ ކުރީގެ ބައެއް އިސްވެރިންނާއި އެވެ.

އެހެންކަމަށްވާއިރު އިސްލާމީ ޔުނިވަރސިޓީ ތަރައްޤީޚުރުމުގެ އެންމެ ބޮޑު މޭސްތިރިޔާ ކަމަށްވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ކޮމިޓީން ދައުވަތު ދެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މައުލޫމާތު ދެއްވުމަށްޓަކައި ޖިއްދާއިން އަމިއްލަފުޅު ޚަރަދުގައި ބައްދަލުވުމަށް ރާއްޖެވަޑައިގަތުމުގެ ޝައުޤްވެރިކަން ފައުޅު ކުރެއްވުމުން އެކަމަށް އެމަނިކުފާނު ދެއްވާ ސަމާލުކަން އެނގިގެންދެއެވެ.


މިއަދު އޮންލައިން