އައިޔޫއެމް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން އޯއައިސީ ޤައުމުތަކުން ހޯދައިދިނުމަށް އެހީތެރިވާނަން!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އައިޔޫއެމް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން އޯއައިސީ ޤައުމުތަކުން ހޯދައިދިނުމަށް އެހީތެރިވާނަން!: ޑރ. ޝަހީމް

ދިވަހިރާއްޖޭގހެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ތަރައްޤީކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން އޯއައިސީ ޤައުމުތަކުން ހޯއްދަވައިދެއްވުމުގައި އެހީތެރިވެދެއްވާނެ ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރުކަމާއި އައިޔޫއެމްގެ ޗާނެސެލަރުކަން ވެސް ކުރައްވާފައިވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 

ޑރ. ޘަހީމް މިމޭރުމުން ވިދާޅުވީ އައިޔޫއެމް ހިންގުން މެދުކަނޑުއްވައި ނުލައްވަވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން އެކަމަށް ޝުކުރު އަދާކުރައްވައި ޖިއްދާގައި ހުންނަވައިގެން ކުރެއްވި ޓްވީޓުގައެވެ.

 

ޑރ. ޝަހީމް މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ސްޕެޗަލް އެޑްވައިޒަރުގެ މަޤާމުގައެވެ.

 

"ވަރަށް ބޮޑަށް ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް! އައިޔޫއެމް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން އޯއައިސީ ޤައުމުތަކުން ހޯދައިދިނުމަށް ޤައުމީ އިސްލާމީ ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑު އެހީތެރިވާނަމެވެ."

 

މިއަދު އޮންލައިން