ދައުލަތަށް ޚިޔާނާތްތެރިވެފައިވާ އެންމެންގެ މައްސަލަތައް ވީހައި އަވަހަކަށް ބަލައި ފިޔަވަޅު އެޅުމަށް ޤާސިމް އިބްރާހީމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދައުލަތަށް ޚިޔާނާތްތެރިވެފައިވާ އެންމެންގެ މައްސަލަތައް ވީހައި އަވަހަކަށް ބަލައި ފިޔަވަޅު އެޅުމަށް ޤާސިމް އިބްރާހީމް ގޮވާލައްވައިފި

 

ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވެފައިވާ އެންމެންގެ މައްސަލަތައް ވީހައި އަވަހަކަށް ބަލައި ފިޔަވަޅު އެޅުމަށް ޖޭޕީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.

 

މިއަދުގެ ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ "ދިވެހި ދައުލަތަށް ޚިޔާނާތްތެރިވެފައިވާ ކޮންމެ މީހެއްގެ މައްޗަށް ވެސް ޢަދުލް އިންޞާފް ޤާއިމުކުރެވިގެން ދިއުމަކީ ޤާނޫނު އަސާސީން ލާޒިމުކުރާ ކަމެއް. އަދިއެކަމަކީ އިސްލާމް ދީނުގައިވެސް ކަނޑައަޅާފައިވާ ކަމެއް ކަމަށް ވީހިނދު އެބާވަތުގެ ކަންކަން ލަސްވެ، ފަސްވެގެން ދިއުމަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ޙައްޤުތަކަށް އަރައިގަތުން ކަމަށްވާހިނދު، އަދި އަޅުގަނޑުމެން އެންމެންނަކީ ވެސް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި މީހުންނަށް ކަމަށްވީހިނދު އަދި ފަނޑިޔާރުންނާއި ތަޙްޤީޤްކުރާ ފަރާތްތަކަކީވެސް އެފަދަ ބައަކަށްވީހިނދު އަދި އެތައް މިލިއަން ރުފިޔާއެއްގެ ވާހަކަ ދެކެވެމުންދާއިރު އެކަމަށް އަޅައިނުލެވި ތިބެވިގެން ނުވާނެ ކަމަށް ދެކޭހިނދު،" އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭނެ ކަމަށެވެ.

 

ޤާސިމް އިބްރާހީމް ވިދާޅުވީ ވަކި މީހަކަށް ބެލުމެއް ނެތި އެންމެންގެ މައްސަލަތައް ވެސް ބެލެން ޖެހޭނެ ކަމަށާއި ހަމައެއާއިއެކު އިންޞާފުގެ މަގަށް ޤައުމު ގެންދަން މިކުރާ ދަތުރުގައި އެއްވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން ވާނުވާ ޖަހައި ޖަލުގައި އެތައް އަހަރެއް ވަންދެން ބަންދުކޮށްފައި އެތިބަ އެންމެންގެ މައްސަލަތައްވެސް ވީހައި އަވަހަކަށް ނިންމަން ޖެހޭނެ ކަމަށެވެ. އަދި އިންޞާފު ޤާއިމުކުރުމަކީ ހަމަ އެއްވެސް މީހަކަށް އަނިޔާވެރި ނުވެ އެންމެންގެ ޙައްޤުތައްވެސް ހިމާޔަތްކޮށްދިނުން ކަމަށެވެ.  

މިއަދު އޮންލައިން