"ސިކުނޑި ހަމަނުޖެހޭ މީހަކު", ނަމާދަށް ތިބި ބަޔަކަށް ހަމަލާދޭން މަސައްކަތް ކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
"ސިކުނޑި ހަމަނުޖެހޭ މީހަކު", ނަމާދަށް ތިބި ބަޔަކަށް ހަމަލާދޭން މަސައްކަތް ކޮށްފި

 

މާލޭގެ މިސްކިތަކަށް "ސިކުނޑި ހަމަނުޖެހޭ" ބޭރު އަންހެނަކު ވަދެ ނަމާދަށް ތިބި ބަޔަކަށް ހަމަލާދޭން މަސައްކަތް ކޮށްފިއެވެ.

 

މައުލޫމާތު ލިބޭ ގޮތުގައި އެ އަންހެން މީހާ ވަދެފައިވަނީ މިރޭ މަގްރިބް ނަމާދު ވަގުތު މާލޭ އަމީރު އަހުމަދު މަގުގައި ހުންނަ މަސްޖިދް އަލް އިސްކަންދަރު މިސްކިތަށެވެ. އެމީހާ އެ މިސްކިިތައް ވަދެ މިސްކިތުގައި އެވަގުތު ތިބި މީހުންނަށް ހުތުރު ބަސްތައް ރައްދު ކުރަމުން ދިޔަކަމަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

 

ފުލުހުން ވަނީ އެމީހާ ހުއްޓުވައި އެމީހާ އެ މިސްކިތުން ނެރެފައެވެ. ފުލުހުން ވިދާޅުވީ މިސްކިތައް ވަންނަން އުޅުނު އަންހެންމީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށެވެ.

 

ސިކުނޑި ހަމަނުޖެހޭ އެންމެންވެސް ހަމައެކަނި މުސްލިމުންނަށާއި އިސްލާމްދީނަށް ފުރައްސާރަކުރާކަމީ، މިހާތަނަށް އަދިވެސް ހައްލެއް ނުހޯދުނު އަރަތަކަށް ވެފައިވާ ކަމެކެވެ.

މިއަދު އޮންލައިން