ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލުގެ ސްކައުޓުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ޖޫން މަހުގެ 20 ވަނަ ދުވަހު ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރު ޤާނޫނާއި އެޤާނޫނާއި ގުޅުންހުރި ޤަވާއިދުތަކުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި މަގުމަތި ބޭނުން ކުރުމުގެ ރީތި އާދަަތަކާއި ޓްރެފިކް ސައިންތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން ބައިސްކަލް ދުއްވުމުގައި ކުދިން ޢަމަލުކުރަންވީ ކަންކަމާއި، ބައިސްކަލް ޑަބަލް ޝީޓް ނުކުރުމަށާއި ސްކޫލް ކައިރީގައި ބައިސްކަލް ޕާކް ކުރާނެ ގޮތްތަކާއި ޕޭމަންޓް މަތީ ޕާކް ނުކުރުމަށް އިރުޝާދު ދީފައިވެއެވެ. މީގެއިތުރުން ގަޑިޖެހުމުގެ ކުރިން ވަގުތު އޮއްވާ ސްކޫލަށް އައުމަށާއި ފުލުހުން ބޭނުންކުރާ ޓްރެފިކް ސައިންތަކާ ބުނެދީފައިވެއެވެ.
މި ޕްރޮގްރާމުގައި އަފީފުއްދީން ސްކޫލާއި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 150 ސްކައުޓުން ބައިވެރިވެފައިވެއެވެ.