ކ.ކާށިދޫ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ކާށިދޫ ގެއަކުން ވައްކަން ކޮށްފައިވާކަމަށްބުނެ ޖޫން 23 ވަނަ ދުވަހުގެ ހެނދުނު 10:50 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިމީހާ ފުލުހުންގެ ބެލުމުގެދަށަށްގެންގޮސް މިމީހާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރޭގައި ވަޅުލާފައިވަނިކޮށް 04 މޯބައިލް ފޯނާއި، ގަޑިއަކާއި 2500 ދިވެހި ރުފިޔާ ފެނިފައިވެއެވެ.
ވައްކަމުގެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މިމީހާގެ ބަންދާއިމމެދު ގޮތެއް ނިންމުމަށް ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 07 ދުވަހުގެ މުއްދަތު ދީފައިވެއެވެ.