ލ. ގަން އިގްރާ ޕްރީ ސްކޫލްގައި ތަޢުލީމް ހާޞިލްކުރަމުންދާ ދަރިވަރުން ލ. ގަން ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.
ސަރުކާރުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވުމަށް މުއައްސަސާތަކަށް ދަރިވަރުން ކުރަމުންދާ ޒިޔާރަތުގެ ތެރެއިން، ގަން ޕޮލިސް ސްޓޭޝަނަށް އިއްޔެ ޒިޔާރަތްކޮށް އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ހޯދާފައިވެއެވެ.
އެގޮތުން ދަރިވަރުން މިކުރި ޒިޔާރަތުގައި، ޕޮލިސް ސްޓޭޝަނުގައި ކުރަމުންދާ މަސައްކަތްތަކާއި މަސައްކަތްތައް ރާވާފައިވާގޮތް ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި ދަރިވަރުންނަށް ދައްކާލައި އެތަކެއްޗާ ގުޅޭ މަޢުލޫމާތުވެސް ދީފައިވެއެވެ.
މި ޒިޔާރަތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ފުލުހުންގެ ފަރާތުން ހަދިޔާއެއް ދީފައިވާއިރު ދަރިވަރުންނާއި ފުލުހުންނާއެކު ވަނީ ފޮޓޯއެއްވެސް ނަގާފައެވެ. ގަން ޕޮލިސް ސްޓޭޝަނަށް ކުރި ޒިޔާރާތުގައި އިގްރާ ޕްރީސްކޫލުގެ 24 ދަރިވަރުންނާއި އެދަރިވަރުންގެ މުދައްރިސުން ބައިވެރިވެފައިވެއެވެ.