މަސައްކަތްތެރިން އުފެއްދުމަށް ހުޅުވެންހުރި ހުރިހާ ދޮރުތަކެއް ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ: ނައިބު ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
މަސައްކަތްތެރިން އުފެއްދުމަށް ހުޅުވެންހުރި ހުރިހާ ދޮރުތަކެއް ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ: ނައިބު ރައީސް

ދިވެހިރާއްޖޭގެ މަސައްކަތްތެރިން އުފެއްދުމުގެ ދާއިރާގައި ހުޅުވެންހުރި ހުރިހާ ދޮރުތަކެއް ހުޅުވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް މިހެންވިދާޅުވީ ޔުނިވަރސަލް ފައުންޑޭޝަންގެ ފަރާތުން ހިންގާ "ޑިސްކަވަރ ހޮސްޕިޓަލިޓީ" ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ހޮޓަލް ޖެންގައި މިއަދު މެންދުރުފަހު ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ މަސައްކަތްތެރިން އުފެއްދުމުގެ ދާއިރާގައި ހުޅުވެންހުރި ހުރިހާ ދޮރުތަކެއް ހުޅުވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި މީގެ ބޭނުމަކީ ދިވެހިރާއްޖެ އެހެން ހަރުފަތަކަށް ގެންދިއުންކަމަށެވެ. އަދި އަބަދުވެސް ތަޢުލީމީ ދާއިރާ ފުޅާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައިވެސް ނައިބު ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގެ އިޤުތިޞާދުގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރާ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތްކުރައްވައި މީހުން ބިނާކުރުމަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް ނައިބު ރައީސް ވަނީ އަދާކުރައްވާފައެވެ. 

މިއަދު ކޯސް ފުރިހަމަކުރެއްވި ފަރާތްތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މުހިންމު މެސެޖުތަކެއް ދެއްވައި މިދާއިރާގައި ނައިބު ރައީސް އަމިއްލަފުޅަށް ކުރައްވާފައިވާ ތަޖުރިބާތައް ޙިއްޞާ ކުރައްވައިފައެވެ. އެގޮތުން ކަމެއްގެ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް އެމީހެއްގެ ފުރިހަމަ ސަމާލުކަމާއި، އަހަންމިއްޔަތުކަން އެކަމަކަށް ދިނުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ވަނީ ހަރުދަނާ ހުނަރުވެރި އެކި ފަންނުތަކުގެ ޒުވާނުން ދިވެހި ޤައުމަށް ބޭނުންވާކަމުގައި ވިދާޅުވެ މިއަދު ލިބިފައިވާ އުނގެނުމުގެ ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ގޮވައިލައްވައިފައެވެ. 

މި ޙަފުލާގައި ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ 2 ވަނަ ބުރުގެ ބައިވެރިންނަށް ކޯސް ނިންމިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މިއަދު އޮންލައިން