ޖޭއެސްސީ ގެ މެންބަރު ލަތީފާ ގާސިމްގެ މަގާމް ގެއްލިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޖޭއެސްސީ ގެ މެންބަރު ލަތީފާ ގާސިމްގެ މަގާމް ގެއްލިއްޖެ!

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރައްވާފައިވާ މެންބަރު ލަތީފާ ގާސިމްގެ ޖޭއެސްސީ މެންބަރުކަން ގެއްލިއްޖެއެވެ.

ލަތީފާ ގާސިމަށް ޖޭއެސްސީގެ މަގާމް ގެއްލިފައިވަނީ ގާނޫނީ ފަންނުގެ ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ.

ގާނޫނީ ފަންނުގެ ބިލުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރުގެ މެމްބަރުކަން އޮޓަމެޓިކުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިޚާބު ކުރާ މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު ގާނޫނީ ފަންނުގެ ބިލު ތަސްދީގު ކުރުމާއި އެކު އުފައްދާ ބާ ކައުންސިލް އުފެދޭތާ 15 ދުވަސް ތެރޭގައި ބާއްވަންޖެހޭނެ ކަމަށްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ބާ ކައުންސިލް އުފައްދަން ޖެހޭނީ މިއަދުން ފެށިގެން 21 ދުވަހުގެ ތެރޭގައެވެ.

 

 

މިއަދު އޮންލައިން