އިސްލާމިކް އެންސައިކްލޮޕީޑިއާ ޕްރޮޖެކްޓުގެ ވެރިއަކަށް ޑރ.ޝަހީމް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
އިސްލާމިކް އެންސައިކްލޮޕީޑިއާ ޕްރޮޖެކްޓުގެ ވެރިއަކަށް ޑރ.ޝަހީމް!

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި ސަވުތު އަލް ހިކްމާ އިންސްޓްޓިއުޓާ ގުޅިގެން ނެރޭ އިސްލާމިކް އެންސައިކްލޮޕީޑިއާ އޮފް ޓޮލަރެންސްގެ ޕްރޮޖެކްޓުގެ ވެރިއަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަނުކުރައްވައިފިއެވެ.

އެންސައިކްލޮޕީޑިއާގެ މަސައްކަތް ކުރުމަށް އެކުލަވާލި މެމްބަރުންގެ ތެރޭގައި ޑރ. ޝަހީމްގެ އިތުރުން ދުނިޔޭގެ އެކިގައުމުތަކުގެ ދީނީ އިލްމުވެރިންނާއި ރިސާޗްޓީމްތައްވެސް ހިމެނެއެވެ.

އެންސައިކްލޮޕީޑިއާގައި ކީރިތި ގުރުއާނާއި، ހަދީސްއާއި ސިޔަރަތުގެ އިތުރުން އިސްލާމީ ސަގާފީ ތަރިކަތައްވެސް ހިމެނޭއިރު އެހެން ބަސްތަކަށްވެސް އެންސައިކްލޮޕީޑީއާ ތަރުޖަމާ ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

މިއަދު އޮންލައިން