މިއަދު މެންދުރުފަހު ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު ފެނުނު މީހަކާ މެދު ޝައްކު ކުރެވިގެން މަޑުކުރަން އެންގުމުން އޭނާ މަޑުނުކޮށް ވަން ފަޅުގެއަކުން 11 ފުޅި ބަނގުރަލާއި މަސްތުވާތަކެތި ހޯދައިފިއެވެ،
ފުލުހުން ބުނެފައިވަނީ އެ ފަޅުގެއަށް ވަދެ އެ މީހާ ހުއްޓުވައި ގެ ބަލައި ފާސްކުރިއިރު 11 ފުޅި ބަނގުރަލާއި ބަނގުރާ ހުސް ކުރި 15 ފުޅި ފެނިފައިވާ ކަމަށެވެ.
އަދި މީގެއިތުރުން އެގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 17 ޕެކެޓާއި 13 ސެލޯފަން ކޮޅު ފެނުނު ކަމަށް ވެސް ފުލުހުން ވަނީ ބުންޏެވެ.
މިމީހާ މިހާރުވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.