މަޑުއްވަރީގަ ފުލުހެއްގެ ކަރުގަ ހިފައި މާރާމާރީ ހިންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މަޑުއްވަރީގަ ފުލުހެއްގެ ކަރުގަ ހިފައި މާރާމާރީ ހިންގައިފި

ރ. މަޑުއްވަރީގަ ފުލުހެއްގެ ކަރުގައި ހިފައި މާރާމާރީ ހިންގައިފިއެވެ. ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

ފުލުހުން ބުނީ މި މައްސލަ ކުރިމަތިވީ އެރަށުގައި ބޯޑު ހަރުނުކުރާ ޕިކަޕެއް، ލައިސަންސްވެސް ނެތް މީހުން ދުއްވަމުން ގެންދާތީ ތަކުރާރުކޮށް ނަޞޭޙަތްދީ ޖުރުމަނާ ކުރުމުންވެސް އެކަން ރަނގަޅުނުކޮށް ދުއްވަމުންދާތީ ޕިކަޕް ޓޯކޮށް ރަސުގެ ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހު، ޕިކަޕް ބަލާ ޕިކަޕްުގެ ވެރިފަރާތަށް ޕޮލިސް ސްތޭޝަނަށް އަންނަން އެންގުމުން އޭނާ ރަޖިސްޓްރީ ބޯޑް ހިފައިގެން ބައަކާއިއެކު ޕޮލިސް ސްޓޭޝަނަށް އައިސް ހިންގި ހަމަނުޖެހުމުގެ ތެރެއިން ކަމަށެވެ. 

ފާއިތުވި ހަފްތާގައި މާލޭގައި ވެސް ވަނީ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުން ދެ ފުލުހަކަށް ހަމަލާދީފައެވެ. 

މިއަދު އޮންލައިން