ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިންމިއަދު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގަ 1 ކިލޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިންމިއަދު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގަ 1 ކިލޯ!

ވައިގެ މަގުން ރާއްޖެއެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ ބަދަރުދަނުގައި 1ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްތަމްސް އިން ބުނީ މިއަދު އިންޑިއާގެ ޓްރެވިންޑްރަމްއިން ރާއްޖެއައި 21 އަހަރުގެ ދިވެހި ފިރިހެނެއްް ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ފުޅިތަކެއް ފެނިފައިވާ ކަމަށެވެ. އަދި މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 1.096 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 667،000.00 ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޙަވާލުކުރެވިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ މިތަކެތި އެތެރެކުރި މީހާ ހައްޔަރުކޮށް މައްސަލަ ތަޙްޤީޤް ކުރަމުން ގެންދާ ކަމަށެވެ.

މިއަދު އޮންލައިން