އިންޑިއާއިން ހައްޖަށް ދިއުމަށް އިތުރު ތިރީސް ހާސް މީހުންގެ ކޯޓާ އިތުރުކޮށްދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އިންޑިއާއިން ހައްޖަށް ދިއުމަށް އިތުރު ތިރީސް ހާސް މީހުންގެ ކޯޓާ އިތުރުކޮށްދީފި

އިންޑިއާއިން ހައްޖަށް ދިއުމަށް އިތުރު ތިރީސް ހާސް މީހުންގެ ކޯޓާ އިތުރުކޮށްދީފިއެވެ. މިކަން އިއުލާންކުރައްވާފައިވަނީ ޖީ20ގެ ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއިއެކު ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ބައްދަލުވުމެއްގައެވެ.

އެހެންކަމުން 200 މިލިއަން މުސްލިމުން ދިރިއުޅޭ އިންޑިއާއިން މިއަހަރު 200000 (ދޭއް ލައްކަ) މީހުންނަށް ޙައްޖަސް ދެވޭނެއެވެ. މުޙައްމަދު ސަލްމާން އިންޑިއާއަށް ދާދިފަހުން ކުރެއްވެވި ދަތުރުފުޅުގައި އިންޑިއާގެ މުސްލިމް ލީޑަރުން ވަނީ ޙައްޖު ކޯޓށާ އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. 

ޙައްޖު ކޯޓާ އިތުރުކޮށްދެއްވުމުން އިންޑިއާގެ މުސްލިމް ލީޑަރުން ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މިއަދު އޮންލައިން