ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ވ. އަލްފްރެޝްކޯ، މުޙައްމަދު ޢާޒިމް ހޯދަނީ

ކިޔުމަށް ހޭދަވާނީ 43ސ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް  ވ. އަލްފްރެޝްކޯ، މުޙައްމަދު ޢާޒިމް  ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރުވެފައިނުވާތީ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަނީ ވ. އަލްފްރެޝްކޯ، މުޙައްމަދު ޢާޒިމް (50އ) އެވެ.

މުޙައްމަދު ޢާޒިމް ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާއި ގުޅިގެން، ބަންދުގައި ބަހައްޓައިގެން ޖޫން 30 ވަނަ ދުވަހުގެ 12:00 އަށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މުޙައްމަދު ޢާޒިމްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ. 

މިއަދު އޮންލައިން