ނޭކުރެންދޫ ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 33ސ
ނޭކުރެންދޫ ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

ހދ. ނޭކުރެންދޫ ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ޖޫން މަހުގެ 25 ން 27 އަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ވަނީ އެންޓި ސޯޝަލް ބިހޭވިއަރ އާއި ބެހޭގޮތުންނާއި ހަނގާކުރުމުގެ މައްސަލަތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތުދީފައެވެ. އަދި ކުށްމަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި ކުޑަކުދިންކުރާ ކުށްތަކުގައި ޖިނާޢީ މަސްޢޫލިއްޔަތު އުފުލަންޖެހޭ ގޮތާއި އުމުރު ފުރައާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންތަކުގައި ނޭކުރެންދޫ ސްކޫލްގެ ގްރޭޑް 1 ން ފެށިގެން ގްރޭޑް 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން