އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ އައިއެސް އާ ގުޅުންހުރި ބައެއްކަމަށް ބުނެފައެއް ނުވާނެ: ފުލުހުންގެ މީޑިއާ އޮފިޝަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ އައިއެސް އާ ގުޅުންހުރި ބައެއްކަމަށް ބުނެފައެއް ނުވާނެ: ފުލުހުންގެ މީޑިއާ އޮފިޝަލް

ދާދިފަހުން އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ އައިއެސް އާއި ގުޅުންހުރި ބައެއްކަމަށް ވިދާޅުވެފައި ނުވާނެ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެއެވެ. 

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުނު ކަމަށާއި ހަމަ އެދުވަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހުންނާއިމެދު އެފަދަ ތުހުމަތެއް ކުރެވިފައި އޮތް ނަމަ ހަމަ އެދުވަހު މިނިވަން ނުކުރާނެ ކަމަށެވެ. 

އެމީހުންނަކީ އައިއެސް އާއި ގުޅުންހުރި ބައެއްކަމަށް މައުލޫމާތު ފެތުރުން މީޑިއާ އޮފިޝަލް ވަނީ ކުށްވެރިކުރައްވައިފައެވެ. "ފުލުހުން ނުދޭ މައުލޫމާތެއް އެ ފަތުރަނީ."

ރާއްޖޭގެ ޤައުމީ ސަލާމަތާއި ގުޅުންހުރި މިފަދަ ކަމެއްގައި ފުލުހުން ނުދޭ މައުލޫމާތެއް ހާމަކުރަމުން ގެންދާތީ ގުޅުން ހުރި ބައެއް މުއައްސަސާތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އިއްޔެ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ބުނެފައިވަނީ އައިއެސް އާއި ގުޅުންހުރި އެއްވެސް ބައަކު ރާއްޖޭގައި ތިބި ކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ.

 

މިއަދު އޮންލައިން