ޤައުމުގެ މިނިވަންކަން ގެއްލޭގޮތަށް "ބިސްމަޅިލާފައި" ހުންނަ އެއްބަސްވުންތަކުގައި ސޮއިކޮށްގެން ނުވާނެ!: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޤައުމުގެ މިނިވަންކަން ގެއްލޭގޮތަށް "ބިސްމަޅިލާފައި" ހުންނަ އެއްބަސްވުންތަކުގައި ސޮއިކޮށްގެން ނުވާނެ!: ޤާސިމް

ކޮންމެ ޤައުމަކާއިއެކު އެއްބަސްވުމެއް ޤާއިމުކުރި ނަމަވެސް ޤާއިމުކުރަން ޖެހޭނީ އެއްބަސްވުމުގައި ހިމެނޭ ކަންކަން ވަރަށް ސާފުކޮށް އެނގިގެން ކަމަށާއި ޤައުމުގެ މިނިވަންކަން ގެއްލޭގޮތަށް "ބިސްމަޅިލާފައި" ހުންނަ އެއްބަސްވުންތަކުގައި ސޮއިކޮށްގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންކޮށް ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އަކަމަށް އުފާ ފައުޅުކޮށް އަތް ޖަހަމުން އަލުން ވެވޭ އެއްބަސްވުމެއްގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރެއް ކުރާނެ ފަދަ އެއްވެސް އެއްބަސްވުމެއް ގައި ސޮއިކޮށްގެން ނުވާނެ ކަމަށެވެ.  

ޤާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ ޤައުމަކާއިއެކު އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އެކަން ކުރަންޖެހޭނީ ބަލަން ޖެހޭ ބެލުންތައް ވަރަށް ރަނގަޅަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި އެކަމަކާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް ޤާނޫނީ އަދި ފަންނީ ލަފާވެސް ހޯދައިގެން ކަމަށެވެ. 

ކޮމިޓީގެ ބައެއް މެންބަރުން މިއަދު ފާހަގަކުރި ކަންކަމުގެ ތެރޭގައި ބައެއް މާއްދާތަކުގައި ރާއްޖެ ޢާއި އިންޑިއާ އާއި ދެމެދުގައި ތަފާތު ހުރުން ހިމެނެއެވެ. 

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވިދާޅުވީ ކަންބޮޑުވުންތަކެއް ހުރިނަމަ އެކަންކަން ސާފުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި އެއްބަސްވުމަކީ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ބޮޑެތި ކުށްތައް ކުރާ މީހުންގެ މައުލޫމާތު ބަދަލުކުރުމާއި ބެހޭ ކަންކަން ހިމެނޭ އެއްބަސްވުމަކަށްވާތީ މިއީ ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ.

 

 

 

 

މިއަދު އޮންލައިން