ޝާއިމް ފޮރުވި މައްސަލައިގަ ޝާމިލްވާ ބަޔަކާމެދު ފިޔަވަޅު އަޅާނަން! : ފުލުހުން

ކިޔުމަށް ހޭދަވާނީ 1މ 26ސ
ޝާއިމް ފޮރުވި މައްސަލައިގަ ޝާމިލްވާ ބަޔަކާމެދު ފިޔަވަޅު އަޅާނަން! : ފުލުހުން

ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދަމުންދަނިކޮށް މާލޭގެ ގެއެއްގައި ފިލާ އޮއްވައި ފެނުނު، ޢުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ ފޮރިވި ބަޔަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

 

މި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުންދާކަމަށާ، ތަހްޤީގަށްފަހު މިމައްސަލާގައި ޝާމިލްވާ ބަޔަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

 

ދަޢުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް ގެއްލިފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ޝައިމް މީގެ ކުރިންވެސް ފިލާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ، އަދި ޝައިމް ދެވަނަ ފަހަރަށް ފެނިފައިވަނީ ފުލުހުން އެހެން މައްސަލައަކާއި ގުޅިގެން ކުރަމުންދިޔަ ތަޙުގީގެއްގެ ތެރެއިން ކަމަށާއި އެފަހަރު ޝައިމް ހޯދާފައިވަނީ ކުށުގެ ވެށިންކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ

ބައްދަލުވުމެއްގައި މިނިސްޓަރ ޝިދާތާ ވަނީ ވިދާޅުވެފައެވެ.

ޝައިމް ކުޑަކުދިންގެ ހިޔާއަށް ލާފައިވަނީ އެފަދަ ކުދިންގެ ކަންކަން ބެލުމަށް ޚާއްސަ މަރުކަޒެއްވެސް އަދި އެކުދިން ބަލަހައްޓަން ބޭނުންވާ ތަމްރީން ލިބިފައިވާ މަރުކަޒެއް ނެތުމުންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ޖެންޑަރ މިނިސްޓްރީއަށް އަމާޒުވެފައިވާއިރު، މިކަމުގެ ކަންބޮޑުވުން ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަނީ ފާޅުކޮށްފައެވެ.

 

މިކަން ހިނގާދިޔަގޮތް އޮޅުން ފިލުވުމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށްވެސް ޙާޒިރުކޮށްފައިވެއެވެ.

މިއަދު އޮންލައިން