ހިރިލަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 27ސ
ހިރިލަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ތ. ހިރިލަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ހިރިލަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ހިރިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި  ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 1 ވަނަ ދުވަހު 22:16 ހާއިރު ހިރިލަންދޫ މަގުމަތިންނެވެ. މި މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިހުރި ފަސް ކަރުދާސްކޮޅު ފެނިފައިވެއެވެ.

މިއަދު އޮންލައިން