2 މީހަކު ކޯޓަށް ހާޟިރުކުރުމަށް ހޯދަނީ

ކިޔުމަށް ހޭދަވާނީ 1މ 3ސ
2 މީހަކު ކޯޓަށް ހާޟިރުކުރުމަށް ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމުން  މި ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފަށައިފިއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ކ.ދިއްފުށި، އޯޝަންވިލާ، އަޙްމަދު ޝާހިދު (45އ) އާއި ރ.ކަނދޮޅުދޫ، ކެމަރާގެ، މުޙައްމަދު ޢަބްދުއްރައްޒާޤު (43)  އެވެ.

އަޙްމަދު ޝާހިދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ،  ބަންދުގައި ބަހައްޓައިގެން ޖުލައި 7 ވަނަ ދުވަހުގެ 10:00 ށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މުޙައްމަދު ޢަބްދުއްރައްޒާޤު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ،  ބަންދުގައި ބަހައްޓައިގެން ޖުލައި 7 ވަނަ ދުވަހުގެ 11:00 ށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މިމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ. 

މިއަދު އޮންލައިން