ވަންދޫ ކައުންސިލަރުންނާ ނައިބް ރައީސް ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 22ސ
ވަންދޫ ކައުންސިލަރުންނާ ނައިބް ރައީސް ބައްދަލުކުރައްވައިފި

 ނައިބު ރައީސް ފައިޞަލް ނަސީމް، ކޮޅުމަޑުލު ވަންދޫ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ކައުންސިލުގެ ފަރާތުން ވަނީ ނައިބު ރައީސް ފައިޞަލް ނަސީމް އާއި ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރަން ކުރަންހުރި ކަންކަމާއި، ރަށުގެ ގިރާ ސަރަހައްދު ޙިމާޔަތްކުރުމަށް ރިވެޓްމަންޓެއް ޖެހުމާއި، ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ބޭނުންވާ ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި  ނައިބު ރައީސް ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވަންދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރެއިން އެންމެބޮޑަށް ބޭނުންވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން  ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ސްކޫލާއި ބެލެނިވެރިންނާ އަދި ކައުންސިލު ގުޅިގެން ސްކޫލު ކުދިންގެ ކިބައިގައި ރިވެތި އަޚްލާޤު އަށަގެންނެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ ކުރައްވާފައެވެ

މިއަދު އޮންލައިން