އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ!

ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ކުރިން ކްރިމިނަލް ކޯޓް ހިންގުމާއި ހަވާލުވެ ހުންނެވި އާދަމް އާރިފް ވަނީ ފަހުން ޑްރަގް ކޯޓަށް ބަދަލުކޮށްފައެވެ.

އާދަމް އާރިފްގެ އިތުރުން ހަތަރު މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ އެއްވެސް ބެލުމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

ޖުޑީސަލް ސާވިސް ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ޖޭއެސްސީން ސުލޫކީ މައްސަލަ ބެލުމަށް ނިންމި ފަނޑިޔާރުންގެތެރޭގައި އާދަމް އާރިފް (ޑްރަގް ކޯޓުގެ ގާޒީ) އިތުރުން ހުސެއިން ރަޝީދު (ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް)، ހަސަން ދީދީ (ގއ. ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް) އައިނާން އަލީ މުހައްމަދު (ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް) އަދި އަދުނާން ހުސައިން (ރ. މާކުރަތަ ކޯޓުގެ މެޖިސްޓްރޭޓް) ހިމެނޭ ކަމަށެވެ.

މިފަސް ގާޒީއެއްގެ މައްސަލަ ޖޭއެސްސީން ބަލަމުން އަންނައިރު، ތަހްގީގީ އެއްވެސް އިދާރާއަކަށް ފަނޑިޔާރަކާ ބެހޭ ގޮތުން އެއްވެސް ބާވަތެއްގެ މައްސަލަ އެއް ހުށަހެޅި ތަހްގީގު ކުރަމުން ދާ ނަމަ އެކަމެއް އެ ކޮމިޝަނަށް އެންގުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.

މިއަދު އޮންލައިން