އިސްލާމީ ޝަރީޢަތުގެ ޢިލްމު ނެތި ޝަރުޢީ ދާއިރާ އެންމެ އެދެވޭގޮތުގައި އިސްލާހުކުރެވިދާނެކަމާމެދު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ސުވާލުކުރައްވައިފިއެވެ.
ޝައިޚް އިލްޔާސް މިހެންވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ޝަރުޢީ ދާއިރާގައި ހުރިމައްސަލަތައް އިސްލާޙުކުރުން މައްސަލައެއްނޫންކަމަށާއި ނަމަވެސް ސުވާލަކީ އިސްލާމީ ޝަރީޢަތުގެ ޢިލްމު ނެތި އެކަން އެންމެ އެދެވޭގޮތުގައި އިސްލާހުކުރެވޭނެތޯ އެވެ. އަދި މިކަމާމެދު ވިސްނާނުލާ ދޫކޮށްލުމަކީ ޢަދުލު އިންސާފުގެ ދާއިރާއަށްލިބޭ ވަރަށްބޮޑު ނިކަމެތިކަމެއް ކަމަށެވެ.
ޝައިޚް އިލްޔާސް މިސުވާލު އުފައްދާފައިވާއިރު ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެެވެ.
ޝައިޚް އިލްޔާސްގެ މި ޓްވީޓާއެކު ވަނީ މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްވެސް ހިމަނުއްވާފައެވެ.
ޝަރުޢީ ދާއިރާގައި ހުރިމައްސަލަތައް އިސްލާޙުކުރުން މައްސަލައެއްނޫން ނަމަވެސް ސުވާލަކީ އިސްލާމީ ޝަރީޢަތުގެ ޢިލްމު ނެތި އެކަން އެންމެ އެދެވޭގޮތުގައި އިސްލާހުކުރެވޭނެތޯ؟ މިކަމާމެދު ވިސްނާނުލާ ދޫކޮށްލުމަކީ ޢަދުލު އިންސާފުގެ ދާއިރާއަށްލިބޭ ވަރަށްބޮޑު ނިކަމެތިކަމެއް. pic.twitter.com/HFV7xy9FkO
— Ilyas Hussain (@shkilyas) July 2, 2019