ބ. ފެހެންދޫއާއި ފުޅަދޫ އަދި ށ. ފީވަކުގެ ބަނދަރު ހެދުމަށް 167.2 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު މެންދުރު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިރައްތަކުގެ ބަނދަރު ހެދުމަށް އެމްޓީސީސީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މިއެއްބަސްވުމުގައި ތިން ރަށުގެ ބަނދަރު ފުންކޮށް، ބޭރުތޮށި ހަދައި ރިވެޓްމަންޓް ޖެހުމާއި އަދި ނެރު ބައްތިތައް ޖެހުމާއި ރޭމްޕްތައް ހެދުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
އެމްޓީސީސީގެ ފަރާތުން މިއެއްބަސްވުުންތަކުގައި ސޮއި ކުރީ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޝަނާ ފާރޫގެވެ.