އެމްޑީޕީ ޕީޖީ ލީޑަރަކީ އަލީ އާޒިމް ހޮވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އެމްޑީޕީ ޕީޖީ ލީޑަރަކީ އަލީ އާޒިމް ހޮވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ވާދަކުރެއްވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ މަގާމަށް ހޮވައިފިއެވެ.

އާޒިމް މިމަގާމަށް ހޮވިފައިވަނި ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ. މިމަގާމަށް ވާދަކުރެއްވީވެސް ހަމައެކަނި އާޒިމް އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ކަަމަށް ކުރިމަތިލެއްވި ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވެސް ވެސް ވަނީ އިންތިހާބުވެފައެވެ. އަދި އަމީން އާއްމު ކަމުގެ މަގާމަށް ކުރިމަތިލެއްވި، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވެސް އެ ވަނީ މަގާމަށް އިންތިހާބު ވެފައެވެ. 

މިއަދު އޮންލައިން